ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީން) ބުނެފިއެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ބޭރު ތޮށި ލުމިގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕޭވްމަންޓުގެ މަސައްކަތް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 51,861.5 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 223 މީޓަރުގެ އެއްގަމު ތޮށި ލުމާއި 108 މީޓަރުގެ ބޭރު ތޮށީގެ އިތުރުން 283 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މީގެއިތުރުން ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ.
މިއީ 49.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!