މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ހެނދުނު ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މާލޭގެ ކައުންޓަރުތައް މައުލޫމާތު ހޯދުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ.

Ad
rt

އަދި ހުޅުމާލެ ކައުންޓަރުތަކުންމައުލޫމާތު ހޯދުމަށް ހެނދުނު 8:30 އިން ހަވީރު 4:00 އަށް ހުޅުވަން ނިންމާފައިވާ އިރު, ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:30 އިން ހަވީރު 3:00 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ, އެ ކުންފުނީގެ ހުރިހާ އޮންލައިން ހިދުމަތެއް ހަފުތާ ބަންދު ނޫން ހުރިހާ ދުވަހަކު 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

މީގެއިތުރުން އެ ކުންފުނީގެ ބިލްކަލެކްޝަން އައުޓްލެޓުތަކުން ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެމަޖެންސީތަކަށް ހޮޓްލައިން ނަންބަރު 105އަށް ގުޅައިގެން އަދި ހިދުމަތާއި އާންމު މައުލޫމާތު ހޯދުމަށް 3323209 ގުޅާލުމުން ވެސް ހިދުމަތްލިބޭނެއެވެ.