ބ. މާޅޮހުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެ މަސައްކަތް ކުރާ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑްބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމްގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެސްގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 1.93 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކު ގާއިމުކޮށް، އާރްއޯ ފެސިލިޓީ ބިލްޑިންއަކާއޮފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެން ރައްކާކުރުމަށް ތިން ތާނގި ބަހައްޓައި އެ ރަށުގެ ގޭތަކުގައި ފެން މީޓަރު ބަހައްޓައިފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ ހިދުމަތްވެސް އެމްޑަބްލިޔުއެސްސީން ދޭނެއެވެ.
މާޅޮހުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.5 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކޮށް، 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއިނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރާނެއެވެ. އަދި ދެ ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފްލޯ ގާއިމުކުރުމާއި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާކަނެކްޝަން ގުޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީވެސް އެމްޑަބްލިޔުއެސްސީންނެވެ.
މި މަޝްރޫއުއަކީ 60 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!