ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ. އަދި ޕޭވްމަންޓް ހެދުމުގެމަސައްކަތް މި ހަފުތާ ތެރޭ ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް 24 ޖޫން 2021 ގައި ނިމިއްޖެ. އަދި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި ހަފްތާ ތެރޭ ފެށުމަށް ވަނީ ހަމަޖެހިފައި. މި މަޝްރޫޢަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/elwOp5sfSM
— MTCC Plc (@MTCCPlc) June 28, 2021
މި މަޝްރޫއުގެ ދަށުން 42,615 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ބޭރުތޮއްޓަކާއި 91 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތްކުރާނެއެވެ. އަދި 166 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 1110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހަދައި މަގުބައްތި އާއި ނެރުބައްތި ވެސް ހަރުކުރާނެއެވެ.
މި މަޝްރޫއުއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!