އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 19,630 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 31 މީޓަރުގެ ބޭރުތޮއްޓަކާއި 136 މީޓަރުގެ އެއްގަމުތޮއްޓެއްގެ އިތުުރުން ކުދި ދޯނިފަހަރަށް ކައިރިކުރެވޭ ގޮތަށް 138.73 މީޓަރުގެ ޖެޓީއަކާއި 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ.

މި މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.