ކުދި ވިޔަފާރިތަކަށް ކޮވިޑް-19ގެ ސަބަބުން ލިބުނު މާލީ ގެއްލުމުން އަރައިގަތުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް އާލޯނެއް އިއުލާނުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ހުޅުވާލާ މި ލޯނު ހާއްސަ ކުރާނީ ކޯވިޑް-19ގެ ދެވަނަ ރާޅުގެ ސަބަބުންއެންމެ ބޮޑަށް އަސަރު ކޮށްފައިވާ ވިޔަފާރިތަކާއި ސަރަހައްދުތަކަށް ކަމަށެވެ.ބއެގޮތުން މާލެ ސަރަހައްދަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިފަހަރު އެސްއެމްއީތަކަށް ހާއްސާކޮށްގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އެ ލޯނު ލިބޭ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭކެފޭ / ރެސްޓޯރަންޓްތަކާއި ޖިމް އަދި ސެލޫން ފަދަ ވިޔަފާރިތަކެވެ.
މި ލޯނުތަކާއެކު ފަންނީ އެހީތެރިކަންވެސް ވިޔަފާރިތަކަށް ފޯރުކޮށްދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލުއި ލޯނުގެ އިތުރުން ސަރުކާރުން ވަނީ ބީއެމްއެލް މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ލޯނެއް ވެސް އިއުލާންކޮށްފައެވެ. މިލޯނު ދޫކުރަނީ ހަ ޕަސެންޓުގެ އިންޓެސްޓް ރޭޓުގަ އެވެ. ލޯނު ދައްކަން ފަށަން އެއް އަހަރުގެ ގްރޭސް ޕީރިއެޑެއް ލިބޭއިރު ލޯނު ދައްކަން ހަތަރު އަހަރު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!