މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްްޗަށް އޭސީސީން ކުރި ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމުމުން އޭނާގެ ވަޒީފާރުޖޫއަކޮށްފިއެވެ.

މޯލްޑިވް ގޭސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝަޒައިލްގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެފައި ނުވާކަން އެ ކުންފުންޏަށް އޭސީސީން އަންގާފައިވާކަމަށެވެ.

Ad
rt

އެހެންކަމުން ޝަޒައިލްގެ ސަސްޕެންޝަން ނިމި ވަޒީފާ ރުޖޫއަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޝަޒައިލްގެ މައްޗަށް ތުހުނަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅުމުން މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑުކުރީ 15 އޮކްޓޯބަރު2019ގައެވެ. އޭނާއާ ދެކޮޅަށް ދެ މައްސލައެއް ހުށަހަޅާފައިވާއިރު ދެ މައްސަލަވެސް ސާބިތު ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވަޒީފާ އަނބުރާ ރުޖޫއަ ކުރުމާއެކު މިއަދު ޝަޒައިލް އޮފީހަށް އަލުން ނުކުންނަން ފަށާނެއެވެ.