މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެކުންފުނީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެ ކުންފުނިން ހިއްސާ އަކަށް 3 ރުފިޔާ ބަހަން ފާސްކުރީ ”ފަހިވޯޓް“ މެދުވެރިކޮށް މިއަދު ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ. ހިއްސާގެ ފައިދާގެ ގޮތުގައިބަހާ އަދަދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި، 86 މެމްބަރުންގެ ވޯ ޓުންނެވެ.
މި ޖަލްސާގައި ހިއްސާގެ ފައިދާގެ އިތުރުން، ކުރިއަށް އޮތް އަހަރު އެމްޓީސީސީގެ އިންޑިޕެންޑެންޓް އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް ކަނޑައަޅަން ވެސްވަނީ ފާސްކޮށްފައެވެ.
މިދިޔަ އަހަރު އެމްޓީސީސީއިން ވަނީ، 1.38 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. އޭގެ ތެރެއިން ސާފު ފައިދާގެ ގޮތުގައި 190.69 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީއެ ކުންފުނީގެ ތާރީހުގައިވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންނާއި އިންތިޚާބު ކުރި މެމްބަރުންވެސް ވަނީ އިއުލާންކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ތަމްސީލް ކުރައްވާ ޑިރެކްޓަރުން:
މުޙައްމަދު ފަހީމް / ހިޔާވަހި، ނ.ކުޑަފަރި (ޗެއާޕާސަ ން، ނޮން- އެގްޒެކެޓިވް ޑިރެކްޓާ)
އާދަމް އާޒިމް / މ.ސީނުކަރަންކާގެ، ކ.މާލެ (ޗީފް އެގްޒެކެޓިވް އޮފިސަރު، އެގްޒެކެޓިވް ޑިރެކްޓަރު)
ޝާހިދު ޙުސައިން މޫސާ / އިހާ، ޅ.ހިންނަވަރު (ޗީފް އޮޕްރޭޓިން އޮފިސަރު، އެގްޒެކެޓިވް ޑިރެކްޓާ)
ސިނާން ޢަލީ / ދަފްތަރު ނަންބަރު ދރ 950 ،ކ.މާލެ (ނޮން-އެގްޒެކެޓިވް ޑިރެކްޓާ)
އަލްއުސްތާޒު މުޙައްމަދު ފަރީދު / ރޭވަވިލާ، ފ.ފީއަލި (ނޮން -އެގްޒެކެޓިވް ޑިރެކްޓާ)
އާންމު ހިއްސާދާރުން ތަމްސީލް ކުރާނެ ޑިރެކްޓަރުން:
މުޙައްމަދު ޢިމްރާން ޢަދުނާން، / މ. މެއިންޒް، ކ.މާލެ (ނޮން-އެގްޒެކެޓިވް ޑިރެކްޓާ)
ނަޞްރަތު މުޙައްމަދު / ހެޕީނައިޓް، ގއ.ވިލިނގިލި (ނޮން-އެގްޒެކެޓިވް ޑިރެކްޓާ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!