ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންވެސް ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެންއެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ޝެޑުތަކުން ވިއްކާތެލުގެ އަގު އުފުލިފައިވާ ކަމަށެވެ.

Ad
rt

މި ބަދަލާއެކު ޑީސަލް ލިޓަރަކުން 0.93 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.89 ލާރި އިތުރުވެގެންދާނެއެވެ. މިއާއެކު މިހާރު ޑީސަލް ލިޓަރެއް ލިބޭނީ 10.72 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.74 ރުފިޔާ އަށެވެ.

އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މާރިޗު މަހުއެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 71 ޑޮލަރަށް އަރައިފައެވެ.