އެސްޓީއޯއިން ތައާރަފު ކުރި ރޭޑިއޮލޮޖީ ޑިޕްލޮމާ ކޯސް ފަށަން ހުއްދައަށް އެދިއްޖެއެވެ.

އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލާއި އެމްކިޔުއޭގެ ހުއްދަ ހޯދަން މިހާރު އެދިފައިވާކަމަށެވެ. މި ކޯހުގެ ހުއްދަ ލިބުމާއެކު ފުރަތަމަބެޗުގައި 20 ކުދިންނަށް ފުރުސަަތު ހުޅުވާލާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

Ad
rt

މި ކޯހަކީ ގައުމީ ޔުނިވާސިޓީއާ ގުޅިގެން އެސްޓީއޯއިން ފަށާ ކޯހެކެވެ. އަދި ޖެނެރަލް އިލެކްޓްރޯނިކް ހެލްތު ކެއާއާ ގުޅިގެން މިހާރު ވަނީ މި ކޯހަށް ބޭނުންވާ ލެބޯޓްރީއަކާއިތަމްރީނު މަރުކަޒުވެސް ހަދައިފައެވެ. މި ސެންޓަރު ހުންނާނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ރޭޑިއޮލޮޖީ ދާއިރާއިން ދިވެހި ޒުވާނުން ކުރިއެރުވުމަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއްކަށެވެ. އެހެންކަމުން މި ކޯހުގެ ފުރަތަމަ ބެޗުގައި ބައިވެރިވާ ހުރިހާ ކުދިންގެ ފީ ދައްކާނީ އިޖުތިމާއީ ޒިންމާގެ ދަށުން އެސްޓީއޯއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނިގޮތުގައި މި ކޯހަކީ ރާއްޖޭގައި ދިވެހި ރޭޑިއޮލޮޖިސްޓުން އިތުރު ކުރުމަށް ފަށާ ކޯހެކެވެ.