ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާޓާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެސީއީއޯ އާދަމް އާޒިމްއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސާވިސް ކޯ ގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، ގިރިފުށީގައި 314 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 18.35 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއު އެމްޓީސީސީ ހަވާލުކުރީ 145 ދުވަސްތެރޭގައި ނިންމާގޮތަށެވެ.