ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ބޭނުންވާ ލިފްޓު ސަޕްލައި ކުރުމަށް ސްޓޭޓް ޓްރޭޑިންއޯގަނަޒޭޝަން (އެސްޓީއޯ)އާ ހަވާލު ކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، އެމްޕީއެލް ހިޔާ ފްލެޓު ތަކުގައި ”ކޯން މޮނޯ ސްޕޭސް“ގެ ލިފްޓު ހަރުކުރުމުގެ އެއްބަސް ވުމުގައި މިއަދު ސޮއި ކޮށްފައި ވާކަމަށެވެ.

Ad
rt

މި ލިފްޓުތަކަކީ ”ކޯން އިކޯޑިސްކު“ ހޮއިސްޓިންގ މޯޓަރު ހަރުކޮށްފައިވާ ލިފްޓުތަކެއް ކަމަށާއި، މީގެ ސަބަބުން ހޫނުގެ ގޮތުގައި ހަކަތަ ބޭރުވުން މަދު ކުރެވޭނެ ކަމަށް އެސްޓީއޯއިންމައުލޫމާތުދެއެވެ. އަދި މި ލިފްޓުތަކަކީ އެނާޖީ އެފިޝެންޓު ލިފްޓު ތަކެއް ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14 ބުރީގެ ތިން ޓަވަރު ދަނީ އިމާާރާތްކުރަމުންނެވެ. މި ޓަވަރުތަކުގައި އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓުތައްހާއްސަކޮށްފައިވާއިރު ބައެއް އެޕާޓްމަންޓުތައް އާއްމުންނަށްވެސް ދޫކުރާނެއެވެ.

އެމްޕީއެލުން ހަދާ ތިން ޓަވަރުގައި ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ 330 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 204 އެޕާޓްމަންޓް ހިމެނެއެވެ.