ޔޫރޯ 2020އާ ގުޅުވައިގެން އެސްޓީއޯއިން ”ޔޫރޯފޯރިއާ“ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން މިއަދު ފެށި މި ޕްރޮމޯޝަނުގައި، ތިން ބްރޭންޑެއްގެ ޓީވީތަކުން ހާއްސަ އޮފާތަކެއް ލިބޭނެއެވެ. އެއީ ހިޓާޗީ އާއި ސެމްސަންގ އަދިފިލިޕްސްގެ ޓީވީތަކުންނެވެ. އަދި ސައުންޑު ބާތަކަށްވެސް ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕްރޮމޯޝަނާއެކު ސޯޝަލް މީޑިއާގައި ކޮންޓެސްޓެއް ކުރިއަށްދާނެއެވެ. މި ކޮންޓެސްޓު މެދުވެރިކޮށް، ފިލިޕްސް ބްރޭންޑުގެ 65 އިންޗީގެ އެލްއީޑީ ޓީވީއަކާއެކު،ފިލިޕްސްގެ ސައުންޑު ބާއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅިވާލާފައެވެ.
މީގެ އިތުރުން ”ޔޫރޯފޯރިއާ“ ލަކީ ޑްރޯ ހޮވުންވެސް އޮންނާނީ އެސްޓީއޯގެ ސޯޝަލް މީޑިއާގައެވެ. އެސްޓީއޯއިން ބުނީ މި ކޮންޓެސްޓަށް ޖަވާބުތައް ފޮނުވަން ޖެހޭނީސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!