ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 91 އިންސައްތަމަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސަައްކަތުގެ ދަށުން 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮަޅީގެ މައި ނެޓްވޯކް އެޅުމާއި ފެން އުފެއްދުމަށްޓަކާދެ އާރުއޯ ފްލާންޓު ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން ފެން ރައްކާކުރުމަށްޓަކާ ތިން ތާންގި ބަހަންޓައި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެން މީޓަރު ބަހައްޓާނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ 72 އިންސައްތަމަސައްކަތާއި ގޭގެއަށް ނަރުދަމާގެ ކަނެޝަން ގުޅައިދިނުމުމުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި ސީ އައުޓް ފޯލް އެޅުމުގެ 35 އިންސައްތަ މަސައްކަތާއި ޕަންޕިން ސްޓޭޝަންތަކުގެ 16 އިންސައްތަ މަސައްކަތްވެސް ނިންމާލާފައިވާ ކަމަށް އެ ކުންފުނިންބުންޏެވެ.
ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 695 މީޓަރުގެ ޕަންޕިން ލައިނު އަޅާނެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށްބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ މި މަސައްކަތް ހަވާލު ކުރީ 36.04 މިލިއަންރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!