މާލެ ސިޓީ ކައުންސިލުން ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުން ނަގަމުން އައި ކުލި މިއަދު ކުޑަކޮށްދީފި އެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ މާރުކޭޓާއި ފަތިޔާތަކުގެ ކުލި ކުޑަކޮށް، ލިޔުންތައް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

މުއިއްޒު ކުރިން ވިދާޅުވެފައިވާގޮތުގައި ހުރިހާ ތަނެއްގެ ކުލި 30 ޕަސެންޓަށް ކުޑަ ކުރާނެ އެވެ. އަދި މިއީ ކޮވިޑް-19ގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ ލުޔެއް ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވަނީ މޭޔަރު ކަމާ ހަވާލުވެޑައިގަތުމަށްފަހު މާރުކޭޓުގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް އެ މީހުންގެ ޝަކުވާތައް އަޑު އައްސަވައިފަ އެވެ.

އަދި އެކަންކަމަށް ދާއިމީހައްލެއް ހޯދުމުގެ މަސައްކަތް ފެށުމުގެ ކުރިން ވަގުތީ ހައްލެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.