އައްޑޫ ސިޓީ މީދޫ ބަންދަރުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.

މީދޫ ބަނދަރު ތަރައްގީކޮށް ނިންމާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ ޖޫން، 2019 ގައެވެ.

Ad
rt

މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ 5.36 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މީދޫ ބަނދަރާއި ބަންދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލައި އަދި އެއްގަމު ތޮށި ވަށައިގެން 125،3 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާފައި ވާނެ ކަމަށެވެ. އަދި ބަނދަރުގައި ރޭމްޕެއް ހަދައި ނެރުބައްތި އާއި ބަނދަރު ސަރަހައްދުގައި ވަނީ ބައްތި ހަރުކޮށްފައެވެ.

މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިން އާއި ތަފާތު ބަނދަރެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީ އިން މިހާރު ވެސް އަންނަނީ އައްޑޫގައި އެހެނިހެން މަޝްރޫއުތައް ވެސް ހިންގަމުންނެވެ. މި މަޝްރޫއުތަކުގެ އަގު 237 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްލަފާ ކުރެއެވެ.