ރާއްޖޭގައި ގޮދަން ފުށް އުފައްދާ ފެކްޓަރީއެއް ގާއިމުކުރުމަކީ އަމާޒެއް ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އަމްރު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަންބޮޑު ކުރަން ޖެހިފައިވާކަން ވަރަށް ބޮޑަށް ހާމަ ވެގެން ދިޔަ ކަމަށެވެ. އަދި ފުޑް ސެކިއުރިޓީ ޔަގީން ކުރަން އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެޒް އޭނާވިދާޅުވިއެވެ.

Ad
rt

އަމްރު ވިދާޅުވީ ގޮދަން ފުށަކީ ގިނަ ދުވަހު ރައްކާކުރެވޭ އެއްޗެއް ނޫން ކަމުން، ރޯ ގޮދަން ރާއްޖެ ގެނެސް ފުށް ތައްޔާރު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

”އަޅުގަނޑުމެން ކައުންޓެއް ނުކުރަން ގޮދަން ފުށަކީ ފުޑް ސެކިއުރިޓީއެއް ކަމަށް. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަށް ރޯ ގޮދަން އެތެރެކޮށް، އޭގެ ފުށް ހަދާފެކްޓަރީއެއް ރާއްޖޭގައި ގާއިމު ކުރުން. އޭރަށް ތަންކޮޅެއް ގިނަ ދުވަހު ދެމި ހުންނާނެ،“ އަމްރު ވިދާޅުވިއެވެ.

އޭނާ ވަނީ އެސްޓީއޯގެ ވިޔަފާރި ރާއްޖޭން ބޭރަށް ގެންދަން މަސައްކތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މާލެ ސަރަހައްދުގައި ސެންޓްރެލްވެއާހައުސްއެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކުގައި ގުދަންތައް ހަދައި ހިދުމަތް ދިނުމަށާއި ސަރަހައްދީ ބަނދަރުތަކަށް ހާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނާކަމަށްވެސް އޭނާ ވިދާޅުވިއެވެ.