ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާއްމުންނަށް އެންމެ ކަމުދާ ޕާން ބްރޭންޑު ހޯދަން ސާވޭއެއް ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މި ސާވޭގައި ބަލަނީ ދިވެހިންނަށް އެންމެ ކަމުދާ ދިވެހި ބްރޭންޑުތައް ކަމަށެވެ.
އެހެންކަމުންއެ ކުންފުނީގެ ޓްވީޓަށް ރިޕްލައިކޮށް އެ މީހަކަށް އެންމެ ކަމުދާ ބްރޭންޑެއް ބުނެދިނުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ޕާން ގަންނައިރު އާއްމުން އެންމެ ގިނައިން ބަލާ ކަންކަން ބުނެދިނުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
Which factor do you most consider when choosing the right bread?
— STO (@stoplc) May 20, 2021
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި ސާވޭއިން ދިވެހިންނަށް އެންމެ ކަމުދާ ތިން ބްރޭންޑެއް ބަލައި އެ ބްރޭންޑުގެ ޕާން އެސްޓީއޯ ސުޕަމާޓުގައި ވިއްކަން ބަހައްޓާނެކަމަށެވެ.
"މިހާރު ވަރަށް ގިނަ ފަރާތްތަކުން ތަފާތު ބްރޭންޑް ތަކުގެ ޕާން ފިހާތީ، އެންމެ ކަމުދާ 3 ބްރޭންޑް އެއްގެ ޕާން ސުޕަމާރކެޓްގައި ބެހެއްޓުމަށް ހުރިހާ ބޭފުޅުންގެ ޚިޔާލު ދެއްވުން ވަރަށް އެދެން"
ހުސައިން އަމްރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!