އުރީދޫގެ އެމްފައިސާގައި ރަޖިސްޓްރީކޮށްފައިވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފިއެވެ.
މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން އެމްފައިސާ ގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް، 500ރ. ކޭޝް އިން ކުރުމުން އެމްފައިސާ ވޮލެޓަށް 50ރ. ޖަމާވަނެއެވެ. އަދި އަލަށްރެޖިސްޓްރޭޝަން ފުރިހަމަކުރާ ކަސްޓަމަރުންގެ ތެރެއިން އެމްފައިސާ މެދުވެރިކޮށް 500ރ. އަށްވުރެ މަތިން ޔުޓިލިޓީ ބިލްދެއްކުމުން ވޮލެޓަށް 25ރ. ޖަމާވާނެއެވެ.
އެމްފައިސާ އަކީ ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މިއީ ކަރަންޓާއި ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލުތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައިބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެވެ.
މީގެ ތެރޭގައި އުރީދޫ އާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި މީޑިއާނެޓާއި މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތައްހިމެނެއެވެ.
މި އެޕްލިކޭޝަނުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މައި އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އެގޮތުން،އެމްފައިސާގައި ރަޖިސްޓްރީ ކުރުމަށް މައުލޫމާތު ފުރިހަމަކޮށް އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ވޯކް ޕާމިޓުގެ ފޮޓޯ ކޮޕީ ހުށަހެޅުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.
އުރީދޫ އިން މި ޕްރޮމޯޝަން ފެށީ މިި ދަނޑިވަޅު އެ ކުންފުނީގެ ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ޑިޖިޓަލް ޕްލެޓްފޯމުތައް ބޭނުން ކުރަން ބާރު އެޅުމަށެވެ. އެ ކުންފުނިންވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށް ހިދުމަތް ހޯދަން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!