މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2021 ވަނަ އަހަރުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ މިއަދު ބާއްވާފިއެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ ”ފަހިވޯޓު“ މެދުވެރިކޮށް ބޭއްވުނު ޖަލްސާގައި 19 ހިއްސާދާރަކު ބައިވެރި ވެފައި ވާއިރު، ޕްރޮކްސީ މެދުވެރިކޮށް 155 ހިއްސާދާރަކު ތަމްސީލު ކުރެވުނު ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްޓީސީސީއިން ބުނީ، ޖަލްސާގައި މުޅިއަކު ތަމްސީލުވީ 174 ހިއްސާދާރުން ކަމަށާއި އެއީ މުޅިއަކު 5،590،778 ހިއްސާ ކަމަށެވެ.
މި ޖަލްސާގައި އެ ކުންފުނީގެ ހިންގާ ގަވައިދަށް ގެނެވުނު އިސްލާހު ވަނީ ފާސްކޮށްފައެވެ. މީގެ ތެރޭގައި ބޯޑު މެމްބަރުންގެ ދައުރު އިތުރު ދެ އަހަރަށް ދަންމާލުންހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!