ކޯވިޑް-19 އާއި ގުޅިގެން މާލޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރުމަށް ނިންމާފައިވާ ފްލޫ ކްލިނިކުތަކުގެ ތެރެއިން ސޯޝަލް ސެންޓަރުގައި ގާއިމް ކުރަމުން އަންނަ ފްލޫކްލިނިކު އެޅުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު އެސްޓީއޯ އިން ފޯރުކޮށްދީފިއެވެ.

މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދިން ތަކެއްޗެވެ. މީގެ ތެރޭގައި އެތަން އިމާރާތް ކުރުމަށް ބޭނުންވާ ގިނަ ސާމާނު ހިމެނެއެވެ.

Ad
rt

އެސްޓީއޯ އިން އަންނަނީ ކޯވިޑް-19 އާއި ގުޅިގެން އެކި ގޮތްގޮތުން ދައުލަތަށާއި އާއްމުންނަަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން އެ ކުންފުނިން އަންނަނީ ރައްޔިތުންނަށް ބޭނުންވާ ބޭހާއި އަދިވެސް އެހެނިހެން ބައެއް ސިއްހީ ސާމާނުތައް ހޯދުމުގައިވެސް ދައުލަތަށްއެހީވަމުންނެވެ.