އީދު ދުވަސް ފާހަގަ ކުރަން އުރީދޫ އިން މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއު) އާ ގުޅިގެން ބިދޭސީންނަށް މީލް ޕެކް ބަހައިފިއެވެ.

އުރީދޫ އިން ބުނިގޮތުގައި އެ ކުންފުނިން އެމްްއެމްޑަބްލިއުއާ ގުޅިގެން 100 މީލް ޕެކް މިއަދު ބަހާފައިވާނެ ކަމަށެވެ.

Ad
rt

އުރިދޫ އިން ވަނީ މިދިޔަ ރޯދަ މަހު ވެސް މީލް ޕެކުތައް ބިދޭސީ މަސައްކަތްތެރިންނަށް ބަހައިފައެވެ. އެގޮތުން، ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކު ރޯދަ ވީއްލުން ވަނީބަހައިފައެވެ. މިވެސް އެމްއެމްޑަބްލިއުއާ ގުޅިގެން ހިންގި ހަރަކާތެކެވެ.

އޫރިދޫއިން ބުނީ މިކަމުގައި އެހީތެރިވި އެންމެހައި ފަރާތްތަކަށް އެކުންފުނީގެ ނަމުގައި ޝުކުރު ދަންނަވާކަަށެވެ.

މީގެ ކުރިންވެސް އުރީދޫ އިން ވަނީ އެކި އެންޖީއޯތަކާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން މުސްލިމު އާބާދީ އަށް ރޯދަ ވީއްލުމާއި އެހީތެރިކަން ދީފައެވެ. އުރީދޫ އިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި އުޅޭ ބިދޭސިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އެކެވެ.

https://thiladhun.wonstasite.com/60861