އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00ން ހަވީރު 4:00އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ މި ބަދަލު ގެނަައި ނަމަވެސް ފުލުހުމްގެ ހުއްދައާއެކު ހަވީރު 4:00ން ރޭގަނޑު 12:00 ޖަހަންދެން ޑެލިވަރީގެ ހިދުމަތްދެވޭނެ ކަމަށެވެ.

Ad
rt

އިކޮނޮމިކް މިނިސްޓްރީން ވަނީ ހުރިހާ ތަނަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެދިފައެވެ.

މި ބަދަލަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާއެކު ގެނައި ބަދަލުތަކެކެވެ. އެ އިދާރާއިން ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާހަމައަށް ހަވީރު 4:00ން ފަތިހު 4:00އާ ދެމެދު ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައެވެ.

އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާއެކު މާކެ ސަރަހައްދުގެ ހުރިހާ ކެފޭތަކާއި ރެސްޓޯރެންޓުތައް ވަނީ ބަންދުކޮށްފައެވެ. މިފަދަ ތަންތަނުން ދެވޭނީ ޑެލިވަރީގެ ހިދުމަތާއިޓޭކްއަވޭގެ ހިދުމަތެވެ.