އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ އީދު ޝޯ، މި އަހަރުވެސް ޑިޖިޓަލްކޮށް ބާއްވަން ނިންމައިިފިއެވެ.
މި ޝޯ ބާއްވަން ނިންމާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 9:00 ގައި ޔޫޓިއުބް މެދުވެރިކޮށެވެ. އުރީދޫގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ވެސް ޝޯބަލާލެވޭނެއެވެ.
މިއަހަރުގެ ޝޯގައިވެސް މިއުޒިކްގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ. އެގޮތުން، މަޝްހޫރު ފަންނާނުންގެ ހަރަކާތްތައް ފެންނާނެ ކަމަށްއުރީދޫން ބުންޏެވެ. މީގެ ތެރޭގައި ޒަކިއްޓެ އާއި ޝަންމޫނާއި ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެއެވެ.
އުރީދޫ އިން ބުނީ އީދު ޝޯ ޑިޖިޓަލް ކުރީ މި ދަނޑިވަޅުގައި، ގޭގައި ތިބެގެން އުފާވެރި އަދި ކުލަގަދަ އީދެއް ފާހަގަކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ކަމަށެވެ.
އުރީދޫގެ އީދު ޝޯ ore.do/eidshow މެދުވެރިކޮށް ވެސް ބަލައިލެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!