އިޓަލީގެ އަންހެނަކަށް އޮޅިގެން ފައިޒާ ވެކްސިންގެހަ ޑޯޒު ދީފިއެވެ.

އިޓަލީގެ ޓަސްކެނީ ހޮސްޕިޓަލަކުން އޭނާއަށް ވެކްސިން ދިނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާއަށް ހަ ޑޯޒު ދެވުނު ކަން ފާހަގަ ކުރެވި އޭނާ ވަނީ 24 ގަޑިއިރުވަންދެން އޮބްޒަވޭޝަނުގައި ބާއްވައިފައެވެ.

Ad
rt

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި އޭނާގެ ހާލުވެސް ރަނގަޅުކަމަށް ވަނީ ބުނެފައެވެ.

އޭނާއަށް ހަ ޑޯޒު ވެކްސިން ދެވުނީ ވެކްސިން ދޭން ހުރި ނަރުސް މީހާއަށް އޮޅިގެން ވެކްސިން ފުޅި އެއްކޮށް ސިރިންޖުގެ ތެރެއަށް އެޅިގެންނެވެ. ފައިޒާ ވެކްސިން ފުޅިއެއްގައި ހަ ޑޯޒު ހުރެ އެވެ. ނަރުސް މީހާއަށް އޭނާއަށް ހެދުނު ގޯސް ފާހަގަ ކުރެވުނީ ބޭނުން ނުކޮށް އޮތް ފަސް ސިރިންޖު ފެނުމުންނެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި އެ އަންހެން މީހާ ގެއަށް ފޮނުވާލިޔަސް އޭނާގެ ހާލު ބަރާބަރަށް ހޮސްޕިޓަލުން ބަލުން ދާނެއެވެ. އެ އަންހެން މީހާއަކީ އެ ހޮސްޕިޓަލުގެ އިންޓާނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.

މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށް ހޮސްޕިޓަލުން ވަނީ އިންޓާނަލް އިންވެސިޓިގޭޝަނެއް ފަށައިފައެވެ.