ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އުރީދޫގެ ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެ ކުންފުނިން އެދިއްޖެއެވެ.

އެ ކުންފުނިން ވަނީ މި ފިޔަވަޅުތަކާއެކު އެކްސްޕީރިއެންސް ސެންޓަރުތައް ވެސް ބަންދުކޮށްފައެވެ. ނަމަވެސް މައި އުރީދޫ މޯބައިލް އެޕްލިކޭޝަނުންނާއި ޑިޖިޓަލްސެންޓަރުތަކުން 24 ގަޑިއިރު ލިބޭނެއެވެ.

Ad
rt

މައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕްރިޕެއިޑް ރިޗާޖްކުރުމާއި އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުމާއި ކަސްޓަމާ ސާވިސްހިދުމަތާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރުމުގެ ހިދުމަތް ހިމެނެއެވެ. އަދި އެމް ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވމުގެއިތުރުން "މޫލީ" މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހިދުމަތް ވެސް ލިބޭނެއެވެ.

އެ ކުންފުނީގެ ޑިޖިޓަލް ސެންޓަރުތަކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ބިލްތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން ހިމެނެއެވެ.

އުރީދޫން ވަނީ ރާއްޖޭގެ ހަތް ރަށެއްގައި މިހާތަނަށް ޑިޖިޓަލް ސެންޓަރުތައް ހުޅުވާފަ އެވެ. މީގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ފުވައްމުލަކާއި ހދ. ކުޅުދުއްފުއްޓާއިލ. ގަން، ސ. ހިތަދޫ އަދި ގދ. ތިނަދޫ ހިމެނެއެވެ.

ޑިޖިޓަލް ސެންޓަރާއި މައި އުރީދޫ އެޕްލިކޭޝަނުން ނުލިބޭ ހިދުމަތްތައް ހޯދަން care@ooredoo.mv އަށް މެއިލްކޮށްލުމުން އެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށްއުރީދޫން ބުންޏެވެ.