ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީއިން މިއަދު ބުނީ އެރަށު މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުވައި ނިމިފައި ވާއިރު، ސަބްބޭސް (އޭބީސީ) ފަށަލައިގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުން ހަމަޖެހިފައި ވާއިރު، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމުގެއިތުރުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގއ އިތުރުން އެރަށުގައި ފެންހިންދާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 19.3 މިލިއަން ރުފިޔާއަށެވެ