ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މަސައްކަތުގެ 85 އިންސައްތަ ނިމިފައި ވާއިރު، މިހާރު ވަނީ ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ބޮޑުހިލަތައް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރ ބޭސިންގެ ޕޭވްމަންޓް މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައިއެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުއަކީ 45.1 މިލިއަން ރުފިޔާގެމަޝްރޫއެކެވެ.