މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުވި މައްސަލައިގައި ބެލެނިވެރިން ނުރުހުން ފާޅުކޮށް އިޙްތިޖާޖް ކޮށްފި އެވެ.
އޭލެވެލް ކެމިސްޓްރީ ޔުނިޓް ދެވަނަ ޕޭޕަރާއި ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރު ލީކް ކޮށްލާފައި ވާއިރު ރާއްޖޭގައި މިއަދު މެންދުރުފަހު 1:30 ގައި ވެސް އިމްތިހާން ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. ޕޭޕަރ ތައް ލީކުވުމާއި ގުޅިގެން މިއަދު ވެލާނާގެ ކުރިމަތީގައި ބެލެނިވެރިން ވަނީ މުޒާހަރާކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން އަށް އިސްތިއުފާ އަށް ގޮވާފަ އެވެ.
މި އިޙްތިޖާޖުގެ ބައިވެރިއަކު ތިލަދުންއާއި ވާހަކަ ދައްކަމުން ވިދާޅުވީ، އަޅުގަނޑުމެންގެ ކުދިންނަކީ ކޮޕީ ކޮށްގެން އެގްޒާމް ހެދޭ ވަރު ކުދިންނެއް ނޫންކަމަށާއި އެއަށް ވުރެއް މާގާބިލް ކުދިންކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ ޕްރިންސިޕަލުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މިހާރުން މިހާރަށް މި ހިނގަމުންދާ އެގްޒާމްތައް ކެންސަލް ކުރުމަށް، މިއީ އަޅުގަނޑުމެންގެ ދަރީންގެ ކުރިމަގު"
ބެލެނިވެރިއަކު ބުނެފައި ވެއެވެ.

އަދި އޮކްޓޯބަރ ނޮވެމްބަރ އަށް އިމްތިހާން ލަސްކުރުމަށް ފަހު އެކަމަަކީ ސަރުކާރުގެ އިހުމާލަކުން ވާ ކަމެއް ކަމަށް ވާނަމަ އެކުދިން ސިޓް ކުރުމަށް ދާ ހަރަދު އެއީ ސަރުކާރުން ދައްކަން ޖެހޭނެ ހަރަދެއް ކަމަށާއި ބެލެނިވެރިން އެ ހަރަދު ކުރަން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި މިމައްސަލަ މިދިމާވީ އެޑިއުކޭޝަން މިނިސްޓްރީ އަށް ލިބުނު ވަރަށް ބޮޑު ފެއިލިއަރ އެއް ކަމަށް ބުނެ ބެލެނިވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ރޭ ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޕޭޕަރު ލީކުވި މައްސަލައިގައި އެޑެކްސެލް އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އިހްސާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލައެއް ދިމާނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެޑެކްސެލް އިން ދީފައިވާ ކަމަށެވެ.
ނަަމަވެސް ބެލެނިވެރިން ބުނެފައިވަނީ މަޖިލިސް ރައީސް އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން އާއިވެސް ބައްދަލުކޮށް މިވާހަކަ ދައްކާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ގެންދާ އޭލަވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވަމުންދާ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވި ނަމަވެސް އެޑެކްސެލް އިން ވަކި ގޮތަކަށް އަމަލު ކުރަން އަންގަންދެން ތާވަލު ކުރެވިފައިވާ ގޮތަށް އިމްތިހާނު ކުރިއަށް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!