އުރީދޫ މޯލްޑިވްސް އިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި މަހުން ފެށިގެން ޑޭޓާ ރޯލް ކުރެވޭ ގޮތް ހަދައިފިއެވެ.
މި ހިދުމަތާ އެކު 600ރ. އިން މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ކޮންމެ މަހެއްގެ ޑޭޓާ އެލަވަންސް އިން މަސް ނިމޭ އިރު ބޭނުންނުކޮށް ހުންނަޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާ އެކު އެއްވެގެންދާނެ އެވެ. އަދި މި ބަދަލާ އެކު، މި މަހުން ފެށިގެން "އެކު ޕޯސްޓްޕެއިޑް" އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕްލޭންތަކަށް މި ހިދުމަތް ލިބޭނެއެވެ.
ޑޭޓާ ރޯލް ކުރުމުގެ ހިދުމަތާ އެކު 200ޖީބީ އާހަމައަށް ޑޭޓާ އަނެއް މަހުގެ ޕެކޭޖް އެލަވަންސަށް އެއްކުރެވޭނެއެވެ. މިގޮތުން ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ އާއި އެޑްއޯންސްގެ ގޮތުގައި ނަގާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވާގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެއެވެ.
މިގޮތަށް ޑޭޓާ ރޯލް އޯވާ ކުރެވޭނީ 600ރ. އަދި 800ރ. ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން 30ޖީބީއެވެ. އަދި 1000ރ. އިން މަތީގެ ޕޯސްޓްޕެއިޑްޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވާ ވާ އަދަދަކީ 200ޖީބީއެވެ.
އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވި އުރީދޫ އަބަދުވެސް ބަދަލުވަމުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށްޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
"މި ހިދުމަތާ އެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާދެން އަންނަ މަހުގެ މަންތުލީ އެލަވަންސަށް އެއްވެގެންދާނެ. ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދައިދީ، އިންޓަނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކުބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
އުރީދޫން ފެށުނީއްސުރެ މަސައްކަތްކުރަމުން އަންނަނީ ދުނިޔޭގެ ފެންވަރުގެ އީޖާދީ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކޮށް، އިތުރު ފުރުސަތުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ގުޅުވާލަދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!