އެސްޓީއޯއިން ފިޔާ ބަސްތާއެއް 100 ރުފިޔާއަށް ކުޑަކޮށްފިއެވެ.
ރޯދަ މަސް ފެށުނުއިރު އެ ކުންފުނިން ފިޔާ ބަސްތާއެއް ވިއްކީ 200 ރުފިޔާ އަށެވެ.
ފިޔާ ބަސްތާއެއްގެ އަގު ހެޔޮ ކުރި ނަމަވެސް އެސްޓީއޯއިން ވަކިން ފިޔާ ވިއްކާނީ ކުރިންވެސް ވިއްކަމުން އައި އަގުގަ އެވެ. އެއީ ކިލޯއެއް 9.50ރ. އަށެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުގައި މި ރޯދަ މަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސްނުވެ ލިބޭނެއެވެ.
އެސްޓީއޯއިން ވަނީ ކޯވިޑްގެ ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާނޭ ކާބޯތަކެތި ދަތި ނުވާނޭހެން ހެޔޮއަގުގައި ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!