ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެފަދަ މައްސަލަތައް މަދުކުރުމާއި އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިއަދު މަޖިލީހަށް ހުށަހެޅި މި ގަރާރަކީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅުއްވި ގަރާރެކެވެ.
އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ އާދަމް ޝަރީފް ހުށަހަޅުއްވި ގަރާރުގައި ބުނެފައިވަނީ ރޭޕްކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވެފައިވާ ކަމަށެވެ. އަދި އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާ ކަމަށް އެ ގަރާރުގައި ބުނެފަ ވެއެވެ.
އެފަދަ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށާއި، އިންސާފުލަސްވެ އިހުމާލު ބޮޑުވެފައިވާތީ މަގުމައްޗަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.
މީގެއިތުރުން އެ ގަރާރުގައި ވަނީ ރާއްޖޭގައި އެފަދަ މައްސަލަތައް މަދުކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ އިތުރުން އެފަދަ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!