މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ނަތީޖާއިން ރައްޔިތުންނަށް ސަރުކާރު 'އޯކޭ' ނުވި ސަބަބުތައް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ކިޔައިދީފިއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންް ލަތީފް، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަން ސަރުކާރު ސިފަކުރެއްވީ، ވިޔާނުދާ ބައެއްގެ ގޮތުގައެވެ. އަދި ކޯލިޝަން ސަރުކާރުގެ ވެރިންނަށް ރައްޔިތުން ''ޚަބަރުދާރޭ އެބުނަނީ'' ސަބަބުތަކެއް ނެތިއެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

"ވެންޓިލޭޓަރުތަކާއި ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަންކުރުން ރައްޔިތުންނަށް އޯކޭއެއް ނުވި. ވައްކަންކުރީމަ އެވައްކަން ސަރުކާރު ކޯލިޝަނުންނާއި މަޖިލީިހުން ފޮރުވުން އޯކޭއެއް ނޫން. ކުޑަކުދިންނަށް އިހުމާލުވެ ދިވެހިން ދެވަނަ ދަރަޖަ އަށް ދާ ގޮތައް އިންޑިއާ މީހުން ހިމާޔަތް ކުރުން ރައްޔިތުންނަށް އޯކޭ އެއްނުވި. އިިސްލާމްދީނަށް ކޯލިޝަން ސަރުކާރުގެ އެހެން ގައުމިއްޔަތެއް ރައްޔިތުން ބަލައެއް ނުގަތް. ވީ ވައުދުތައް ނުފުއްދުން ރައްޔިތުންނަކަށް އޯކޭ އެއް ނުވި. ސްޓިކާ ޖަހާ ރައްޔިތުން ޖޫރިމަނާ ކޮށް ރައްޔިތުން ފެލާ ފެލުމަށް ރައްޔިތުން އެބުނީ ނޫނެކޭ. މުޅި ރާއްޖެ އެއޮތީ ނޯ ބުނެފަ ދެން އޮތީ ތަކެތި ޕެކްކޮށްގެން އަވަހަށް ގެއަށް ދިއުން." ލަތީފް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވިގޮތުގައި ރައްޔިތުން ބޭނުންވަނީ އިންޑިޔާ ސިފައިން ރާއްޖެއިން ފޭބުންކަމަށާއި ގައުމުގެ މިނިވަންކަން ގެއްލޭން ރައްޔިތުން ބޭނުން ނޫންކަމުގައެވެ.

މިދިޔަ، އަންގާރަ ދުވަހު އިލެކްޝަނާ ބެހޭ މަރުކަޒު ކައިރީ ހިނގާދިޔަ ހަމަނުޖެހުމަށް އިޝާރަތްކޮށް ލަތީފް ވިދާޅުވީ އެމް.ޑީ.ޕީ އާއި އިންޑިޔާގެ އިލެކްޝަން ކޮމިޝަނެއް އޮވެ އިންތިހާބުގެ ނަތީޖާ އެމް.ޑީ.ޕީއަށް ހަޖަމުނުވިކަމަށެވެ. ރަނގަޅު އިންތިޒާމަކާއެކު އިލެކްޝަން ބޭއްވިނަމަ އެއްވެސް ގޮނޑިއެއް އެމް.ޑީ.ޕީ އަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ލަތީފް ދެއްކެވި ވާހަކާގައި ވަނީ ރައީސް ޔާމީން ޖަލަށް ލެވިފައިވަނީ ނުހައްގުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް ރައީސް ޔާމީނުގެ ނަން ބިންވަޅުނެގިފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުގެ ވެރިންގެ ކިބައިން ސަލާމަތްވުމަށް ރައްޔިތުން ތިބީ ފެންބޮވައިގަނެފަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.