އުރީދޫއިން ރޯދައަށް ހާއްސަކޮށްގެން އެ ކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލުއި އަދި ޑިސްކައުންޓް ލިބޭ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

ރޯދަ މަހަށް އަމާޒުކޮށްގެން އުރީދޫ އިން ވަނީ ސުޕަނެޓު ރައުޓަރު އަގުހެޔޮކޮށް ގަނެވޭނެ މަގު ފަހިކޮށްދީފައެވެ. އެގޮތުން މޫލީ މެދުވެރިކޮށް ރައުޓަރު ގަންނަ ފަރާތްތަކަށް40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

Ad
rt

ޒަކާތް ދައްކާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އުރީދޫއިން ވަނީ އެމްފައިސާއާއި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގުފަހިކޮށްދީފައެވެ. ޕްރިޕެއިޑްކަސްޓަމަރުން *909# އަށް ޑައިލް ކުރުމުން ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

ނަމާދު ވަގުތު ހަނދާންކޮށްދިނުމަށް ޓަކައި އުރީދޫއިން ވަނީ ވައިބާ މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލާޓް ލިބޭ ހިދުމަތެއް ވެސް ރަމަޟާން މަހަށް ތައާރަފުކޮށްފައެވެ. މި ހިދުމަތުގެ ދަށުން ނަމާދު އެލާޓް އެކްޓިވޭޓް ކުރެވޭނީ އެކަމާ ގުޅޭ ވައިބާ ސްޓިކާ ޕެކް ޑައުންލޯޑް ކޮށްގެންނެވެ.

ވައިބާ ބޭނުން ނުކުރާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ނަމާދު އެލާޓް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އެގޮތުންް “GO” ޖަހާފައި 4777 އަށް އެސްއެމްއެސްކޮށްލުމުން ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން އުރީދޫ ރީތިޓިއުންސް މެދުވެރިކޮށް ގުރުއާނުގެ އާޔަތްތަކާއި މަދަހަ ހިލޭ އަޑުއަހާލެވޭ ހިދުމަތެއް ވެސް އުރީދޫއިން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން“Ramadan” ޖެހުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރުމުން އެ ހިދުމަތް ލިބޭނެއެވެ.