ގައުމީ އެއާލައިން މޯލްޑިވިއަން އިން ނ. މާފަރުން އިންޑިއާގެ މުމްބާއީ އާ ދެމެދު ސީދާ ދަތުރުތައް ފެށުން ފަސްކޮށްފިއެވެ.
މޯލްޑިވިއަންއިން ކުރިން ނިންމީ މި މަހުގެ13 ވަނަ ދުވަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ދަތުރުތައް ފެށުމަށެވެ. ނަމަވެސް މިހާރު އެ ދަތުރުތައް ފަށާނީއަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް މޯލްޑިބިއަނުން ބުންޏެވެ.
މޯލްޑިވިއަން އިން މާފަރާއި މުމްބާއީއާ ދެމެދު ހަފްތާއަކު ތިން ދަތުރު ކުރުމަށް ވްނީ ހަމަޖައްސާފައެވެ. އެއީ ހުކުރު، އާދިއްތަ އަދި އަންގާރަ ދުވަހުއެވެ.
ކުރިއަށް އޮތްތާނގައި އިންޑިއާގެ އެހެން ސިޓީތަކަށްވެސް މާފަރުން ދަތުރު ފަށާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!