ނ އަތޮޅުގެ ދެ މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެ ކުންފުންޏާ މިއަދު ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ.ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތާއި އެ އަތޮޅުގެ މަނަދޫ ބަނދަރުގެ މަސައްކަތެވެ.
މި ދެ މަޝްރޫއު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރައްވައިފައިވަނީ، ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ.
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާމުކޮށްފައިވަނީ 18.26 މިލިއަން ރުފިޔާއަށެެ.
މި މަޝްރޫޢުގެ ދަށުން 254.6 މީޓަރު ސަރައްހަދެއްގައި ރިވެޓްމެންޓް ޖެހުމާއި، 17768 އަކަމީޓަރު ސަރަހައްދުގެ ބިން ހިއްކުން ހިމެނެއެވެ. ހަމައެހެންމެ ކުރިންހިއްކައިފައިވާ ސަރަހައްދުގެ ބިންގަނޑު ލެވެލްކުރުން ވެސް ހިމެނެއެވެ.
މަނަދޫ ބަނދަރުގެ މަސައްކަތް އެ ކުންފުނުްޏާ ހަވާލުކޮށްފައިވަނީ 29.15 މިލިއަބް ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރުގެ 13،216 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، ނެރުގެ 15،822ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރާނެއެވެ. އަދި ބޭރުތޮށި އެތެރެފަރާތުގައި ކޮންކްރީޓް ޖެޓީއެއް އެޅުމުގެ މަަސައްކަތްވެސް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!