ހދ. ހިރިމަރަދުއާއި ށ. ގޮއިދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމާއި ޕަމްޕިންގ މެއިން ނެޓްވޯކް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންއިއުލާންކޮށްފިއެވެ.
މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ މި ދެ ޕްރޮޖްކްޓުގެ މަސައްކަތް މިހާރު ބީލަމަށް ހުޅުވާލައިފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ.
އެމްޑަބްލިއުއެސްސީން ބީލަން ފޮތެއް ލިބޭނީ 500ރ. އަށެވެ. އެ ކުންފުނިން ބީލަން ފޮތަށް ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ފޮތް ދޫކުރާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.
ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައް
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި މުއްދަތު ހަމަނުވާނެޝަނަލްކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން އޮންނަ ފަރާތަކަށްވުން.
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
- ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.
މި ޕްރޮޖެކްޓުގެ ތެރެއިން ހިރިމަރަދޫ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ހެނދުނު 10:00ގައެވެ. އަދި ގޮއިދޫ ބައްދަލުވުންބާއްވާނީ އެ ދުވަހު ހެނދުނު 11:30 ގައެވެ.
މި ޕްރޮޖެކްޓުތަކަށްއެދި އޭޕްރިލް 12އިން ފެށިގެން ބިޑު ހުށަހެޅޭނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10،000ރ. ހުށަހަޅަން ޖެހޭނެއެވެ. އަދިބިޑްއެވާރޑްކުރާ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 އިންސައްތަ ބިޑް އެވާރޑްކުރާތާ 14 ދުވަސްތެރޭގައި ހުށައަޅަން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!