ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސްފިއެވެ.
މި ސްޓޮކާއެކު މިހާރު އެސްޓީއޯއިން ފިޔާ ކިލޯއެއް 9.50ރ. އަށް އަދި އަލުވި ކިލޯއެއް 9ރ. އަށް ލިބޭނެއެވެ. އަދި އެ ކުންފުނިން ބިހުގެ އަގު އުޅެނީ 1.40ރ. އަށެވެ.
އެސްޓީއޯއިން މިތަކެތި ވަކިން ވިއްކުމުގެ އިތުރުން ހޯލްސޭލްވެސް ކުރާނެއެވެ. އެގޮތުން ހޯލްސޭލްކޮށް ފިޔާ ބަސްތާއެއް 200ރ. އަށް ލިބޭއިރު އަލުވި ބަސްތާއެއް185ރ. އަށް އަދި ބިސް ކޭހެއް 265އަށް ލިބޭނެއެވެ.
މި އަގުތަކަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން އެ ކުންފުނިން ކަންޑައަޅާފައިވާ އަގުތަކެކެވެ.
އެސްޓީއޯއިން ރީޓެއިލްކޮށް މިތަކެތި ވިއްކާނީ އެ ކުންފުނީގެ ސުޕަމާޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!