އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ހިދުމަތް ގއ. މާމެންދޫއަށް ތައާރަފު ކޮށްފިއެވެ.
ސަތޭކަ އެމްބީޕީއެސްގެ ހަލުވި ސްޕީޑުގައި އިންޓަނެޓް ލިބޭ މި ހިދުމަތުގެ ދަށުން ބޮޑެތި އެލަވެންސްތައްވެސް ލިބޭނެއެވެ. އެ ރަށުން މި ހިދުމަތް ހޯދާ ފުރަތަމަ 20 މީހުންނަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެއެވެ.
އުރީދޫގެ އެކްޓިން ޗީފް ކޮމަރޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފެންވަރު ރަނގަޅުއިންޓަނެޓު ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އިތުރު ރަށްތަކަށްވެސް މި ހިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓްޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތައާހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބޭނެއެވެ.
މި ހިދުމަތް އުރީދޫގެ ވެބްސައިޓު http://ore.do/getsupernet އިން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!