ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފެއްޓެވުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެޑައިގެންނެވި އެވެ.
މި މަސައްކަތަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަަށްގެންދާ މަސައްކަތެކެވެ. އެ ކުންފުނިން މި މަސައްކަތް ކުރިއަށްގެންދަނީ ޕްލޭނިން މިނިސްޓްރީ އާއިޔޫތު މިނިސްޓްރީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ) އާ ގުޅިގެންނެވެ.
މި މަޝްރޫއުގެ ދަށުން 48.24 އަކަ މީޓަރުގެ ރޭމްޕަކާއި ޗޭންޖިން ހޮއިސްޓަކާއި ޝޭޑިން ހަޓެއް ހަދާނެއެވެ.

މި ޕްރޮޖެކްޓު 40 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!