ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ސައިޓް މިއަދު މޮބިލައިޒް ކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 113.39 މިލިއަން ރުފިޔާއަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެ ރަށުގެ 6 ހެކްޓަރުގެ ހިން ހިއްކައި 229،663.36 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 220 މީޓަރުގެ ސަރަހައްދުގެ އެއްގަމު ތޮށި ލުމާއި 148 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށީގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

ފެލިވަރުގެ ގިން ހިއްކަނީ ބަނދަރާއެކު ކޯލްޑް ސްޓޯރެޖްގެ ވަސީލަތްތައް ފުޅާ ކުރުމުގައި ބޭނުމުގައެވެ. މި މަޝްރޫއުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާ ކޮށްފައެވެ.