ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލު ކޮށްފައިވަނީ މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 423 މީޓަރުގެ ސަރަހައްދުގެ ބޮޑު ހިލއިގެ ރިވެޓްމަންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
ދުވާފަރު ބިން ހިއްކާނީ އެމްޓީސީސީގެ ޑްރެޖަރު، މަހާ ޖައްރާފު ބޭނުންކޮށްގެންނެވެ. މިދިޔަ ހުކުރު ދުވަހު މި ޑްރެޖަރު ވަނީ ދުވާފަރަށް ގެންގޮސްފައެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ ތާރީހަށް ނިމޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!