ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނާތަކަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ފިނި ފިނި ހިޓާޗީ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ގަންނަ ކޮންމެ 24،000 ބީޓީޔޫގެ ފަސް އޭސީއަކަށް 12،000 ބީޓީޔޫގެ އޭސީ އެއް ހިލޭ ލިބޭނެއެވެ. އަދި 18،000 ބީޓީޔޫގެ ކޮންމެ ފަސް އޭސީއަކާއެކު 9،000 ބީޓީޔޫގެ އޭސީއެއް ހިލޭ ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯމް އިމްރޫވްމެންޓް އާއި އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ. މި ޕްރޮމޯޝަންގައި އަގުހުރި އިނާމުތަކެއްވެސް ލިބޭނެއެވެ.
އެސްޓީއޯ ހިޓާޗީ ޕްރޮމޯޝަނުގެ ދަށުން ކުރާ ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ޓީވީ އަދި ދޮންނަމެޝިން ލިބޭނެއެވެ.
މީގެ އިތުރުން ގަންނަ ކޮންމެ އޭސީއަކާއެކު ވަގުތުން އިނާމުތަކެއްވެސް ލިބޭނެއެވެ. މީގެ ތެރޭގައި، ރައިސް ކުކަރާއި، އަވަން، އިސްތިރީގެ އިތުރުން 1500 ރުފިޔާގެގިފްޓް ވައުޗަރ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!