ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިތުބާރުނެތް ކަަމަށް މަޖިލިސްއިން ފާސްކޮށްފިއެވެ.
މަލީހްގެ އިތުބާރުނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. މަލީޙަށް އިތުބާރު އޮތްކަމަށް އެއް މެންބަރަކު ވޯޓުދެއްވިއިރު، ވަކި ގޮތަކަށް ފެންނަކަމަށް ވޯޓު ނުދެއްވާ 4 މެންބަރަކު ތިއްބެވިއެވެ.
މަލީޙްގެ އިތުބާރުގެ މައްސަލާގައި އޭނާ ވަކިކުރަން އެމްޑީޕީން ތްރީލައިން ''ގްރީން'' ވިޕެއް ނެރެފައިވާއިރު، އެ މައްސަލަ ވެއްދީ ވެސް އެ ގްރޫޕުންނެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މަލީޙް ވަނީ މިއަދު މަޖިލިސްއަށް ވަޑައިގެން ދިފާއުގެ ވަގުތުގައި ވާހަކަ ދައްކަވައި، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރަށްވާފަ އެވެ.
މަލީޙް ވިދާޅުވީ، މަޖިލިސްއަށް ވަޑައިގަތީ ޤާނޫނުއަސާސީގެ މާއްދާ 27ގެ ދިފާއުގައިކަމަށެވެ. އަދި އޭނާގެ މައްޗަށް ހުށަހެޅިފައިވާ އަސާސެއްނެތް ދޮގާ މަކަރާއި ހީލަތުގެ ޒާތީ މައްސަލައެއް ކަމަށް ވަނީ ވިދާޅުވެފައެެވެ.
މިއީ މިސަރުކާރުގެ ވަޒީރަކު އިތުބާރުނެތް ކަމަށް ފާސްކުރި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!