ގަވާއިދާ ހިލާފުވެގެން ކޯވިޑް-19އަށް ޕޮޒިޓިވްވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ސްޓެލްކޯއަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްދޭން ޖެހޭ ކުންފުންޏަކަށްވެފައި މުވައްޒަފުން ޕޮޒިޓިވްވެ ހިދުމަތްތައް ހުއްޓިގެން ނުވާނެ ކަމަށެވެ. އެގޮތުން، މިހާތަނަށް ބެލި ބެލުމުން ބައެެއް މުވައްޒަފުން ގައިޑްލައިނާ ހިލާފުވާކަން ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ މި ސަބަބުތަކާހުރެ އެއްވެސް މުވައްޒަފެއްގެ އިހުމާލުން މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ކަރަންޓިން ވާން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ސްޓެލްކޯއިން ވަނީ އެއްވެސް މުވައްޒަފެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެންނަ ނަމަށް ވަގުތުން ފްލޫ މެނޭޖަރަށް އަންގައި ޓެސްޓު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ މުވައްޒަފުންވެސް އެޗްޕީއޭއާއި ސްޓެލްކޯގެ ގައިޑްލައިންތަަކަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!