ދުނިޔޭގެ އެންމެ ބޮޑު ފިޒީ ޑްރިންކް ކޮމްޕެނީ ކޮކާލާއިން ޕްލާސްޓިކް ފުޅީގެ ބަދަލުގައި ކަރުދާސް ފުޅި ބޭނުން ކުރަން ނިންމައިފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ ކަރުދާސް ފުޅިތަކެއް އުފައްދައި އެ ޓެސްޓު ކުރަން މިހާރު ވަނީ ތައްޔާރުވެފައެވެ. މިއީ އެ ކުންފުނީގެ ސަބަބުން ތިމާވެއްޓަށް ދިމާވާ ގެއްލުން މަދު ކުރުމަށް ކަސްޓަމަރުންގެ އެދުމުގެ މަތިން އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

Ad
rt

ކޮކާ ކޯލާއިން ކަރުދަސް ފުޅި ތައްޔާރު ކުރަނީ ޑެނިޝް ކުންފުންޏެއް ކަމަށްވާ ޕެބޮކޯ އާ ގުޅިގެންނެވެ. މި ކުންފުންޏަކީ އުކާލާ ތަކެތި އަލުން ބޭނުންކޮށްގެން އެކި އުފެއްދުންތަކަށް ޕެކޭޖިން ތައްޔާރު ކުރާ ކުންފުންޏެކެވެ.

މި ފުޅިތަކަކީ 100 އިންސައްތަ ކަރުދާހުން އުފައްދާ ފުޅިތަކެއް ނޫނެވެ. ކަރުދާހަކީ ދިޔާ އެއްޗެއް ޖެހުމުން ހަލާކުވާ އެއްޗަކަށް ވާތީ މި ކަން ހައްލު ކުރުމަށް ފުޅިތަކުގައި ވަރަށް ތުނި ޕްލާސްޓިކް ލޭޔާއެއް ހުންނާނެއެވެ. މި ފުޅި ފުރަތަމަ ފަހަރަށް ބޭނުން ކުރާ މީހުންނަށް ތަޖުރިބާ ކުރެވޭނީ ކަރުދާސް ހޮޅި ބެނުން ކުރުމުގެ އިހުސާސު ކަމަށް ކޮކާ ކޯލާއިން ބުނެއެވެ.

އެހެން ބުއިންތަކާ ހިލާފަށް ކޮކާ ކޯލާގެ ބުއިންތައް ފުޅީގައި ބަންދު ކުރުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލަން ޖެހެއެވެ. އެގޮތުން، ފުޅި ރަނގަޅަށް ބަންދުވެފައި އުރުމާއި ގޭސް ބޭރު ނުވާކަން ޔަގީން ކުރަން ޖެހެއެވެ. އެހެންކަމުން މި މައްސަލަތައް ހައްލުކޮށް ކަރުދާސް ފުޅިއެއްގެ ޕްރޮޓޯޓައިޕް ނެރެން އެ ކުންފުންޏަށް 7 އަހަރު ނެގިއެވެ.