ރ. ފައިނުގައި މޫދަށްއެރި އުޅުނު ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.
ފައިނު ކައުންސިލުން ވިދާޅުވީ 5 އަހަރުގެ ކުޑަކުއްޖާ ގެއްލިގެން ހޯދަންފެށީ މިއަދު ހަވީރު 17:15 އެހާއިރުކަމަށެވެ.
އެކުއްޖާ ފެނިފައިވަނީ މިއަދު 17:30 އެހާއިރު އެރަށު އުރުދެކުނު ފަރާތު މޫދުން، ކަމަށެވެ.
ކުޑަ ކުއްޖާ ފެނުނީ އެސަރަހައްދުގެ މޫދުން، ގާތްގަނޑަކަށް 2 ފޫޓު އަޑިންކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.
މިކުއްޖާ ގެއްލިގެން ހޯދަންފެށީ ރަހުމަތްތެރި އެހެން ކުއްޖަކާއެކު ބޭރަށް ނުކުމެއުޅުމަށްފަހު މޫދަށް އެރިއުޅެނިކޮށް ގެއްލިގެން ކައިރީގައި ހުރި ކުއްޖާ އެވާހަކަ ބުނުމުންކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކު މޫދު އަޑިން ފެނިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެ ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށްނިޔާވެފައިވާ ކަމަށެވެ.
އެ ހާދިސާ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ނުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!