ޑައިރެކްޓް ބޭންކް ޓްރާންސްފާ ބޭނުންކޮށްގެން މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ހިދުމަތްތަކަށް ފައިސާ ދައްކާ ކަސްޓަމަރުން ޕޭޖު މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށް އެ ކުންފުނިން އެދިއްޖެއެވެ.
އެމްޑަބްލިއުއެސްސީގެ ޓްރާންސްފާ ސްލިޕް ފޮނުވަން ހާއްސަ ކޮށްފައިވާ ވެބް ޕޭޖު https://banktransfers.mwsc.com.mv އިން ފައިސާ ދެއްކި ކަމުގެ ސްލިޕް ފޮނުވާލެވޭނެއެވެ. ނަމަވެސް މި ޕޭޖުމެދުވެރިކޮށް ގިނަ ކަސްޓަމަރުން ޓްރާންސްފާގެ ތަފްސީލު ނުފޮނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ ގިނަ ކަސްޓަމަރުން މައުލޫމާތު ނުފޮނުވުމުގެ ސަބަބުން އެކައުންޓް އަޕްޑޭޓް ނުވާ ކަމަށެވެ. އަދި ފައިސާ ދައްކާ ކަސްޓަމަރުން ދެނެގަތުމުގައި ވެސް ދަތި ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
އެހެންކަމުން ފައިސާދައްކާ ނިމުމުން ލިންކުގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް މައުލޫމާތު ފުރިހަމަ ކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ޓްރާންސްފާ ސްލިޕްތައް ފޮނުވަން ހާއްސަ ޕޭޖެއް އެމްޑަބްލިއުއެސްސީން ތައާރަފު ކުރީ ކޮވިޑް-19ގެ ސަބަބުން ނަގުދު ފައިސާ ބޭނުން ކުރުން މަދުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!