ހިޔާ މަޝްރޫއުގެ މިފަހަރު ފުލެޓް ނުލިބުނު މީހުން ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ހޯދަން އަލުން އެދޭއިރު އިތުރު ފޯމެއްލާން ނުޖެހޭނޭކަމަށް މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު ޢަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދިޔަ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި، ހިޔާ މަޝްރޫއާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރިން ފޯމުލީ މީހުންގެ ޙާލަތަށް ބަދަލު އައިސްފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ނަމަވެސް މިފަހަރު ފުލެޓް ނުލިބުނު މީހުން ސަރުކާރުން ކުރިއަށް ގެންދާ ކުރިއަށްހުރި ބޯހިޔާވަހިކަމުގެ މަޝްރޫގައި ހިމަނާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެތެރޭގައި ކުރިން ފުލެޓު ލިބޭނޭކަމަށް ލިޔުން ހަވާލުކުރި ބައެއް މީހުންނާއި، %50 މަތިން މާކްސް ނުލިބުނު މީހުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާމަޝްރޫޢޫގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ސަރުކާރުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!