ކިލިޔަން އެމްބާޕޭގެ ހެޓްރިކުން އެފްސީ ބާސެލޯނާގެ މައްޗަށް 4-1 ލަނޑުން ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ޕީއެސްޖީން އެ ބާސާ ލަދުގަންނަވާލިއިރު، މެޗްގެ 27 ވަނަ މިނެޓްގައި ޕެނަލްޓީ އަކުން ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ މެޗްގެ ލީޑްނެގީ ބާސެލޯނާ އިންނެވެ.
އަނިޔާގެ ސަބަބުން މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ނޭމާ އަދި އޭންހެލް ޑިމާރިއާ ނުލާ ޕީއެސްޖީން ރޭ ކުޅުނު އެ މެޗްގައި ޕީއެސްޖީން ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަ ކުރީ ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑެޔޮންގަށް ޕީއެސްޖީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން މެސީ ގޯލެއް ޖެހިތާ ފަސް މިނެޓް ފަހުންނެވެ. އެ ގޯލް ކާމިޔާބުކޮށް ދިނީ އެމްބާޕޭ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އެމްބާއްޕޭ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިފަ އެވެ. އަދި އެއަށްފަހު ލިބުނު ހިލޭ ޖެހުމަކުން ތިންވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ މޮއިސް ކީން އެވެ. އެމްބާއްޕޭ ތިންވަނަ ގޯލްޖަހައި ހެޓްރިކްހެދީ މެޗްގެ 85 ވަނަ މިނެޓްގައި ކާމިޔާބު ކުރި ގޯލަކުންނެވެ.
މި މޮޅާ އެކު ޕީއެސްޖީން ކުއާޓާ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ވަނީ ޔަގީންކޮށްފަ އެވެ. ބާސެލޯނާއިން ދެން ރަށުން ބޭރުގައި ކުޅޭ މެޗުން ހަތަރު ގޯލުގެ ތަފާތުން މޮޅުވެގެން ނޫނީ ކުރިއަށް އޮތް ބުރަށް ދިއުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!